ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ ފާމަސީތަކަށް ދެއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަސައްކަތްކުރާ ތަން

އަސާސީ މުސާރަ

އަދަދު

މަޤާމް

އެސް. ޓީ. އޯ ހއ. ފިއްލަދޫ ފާމަސީ

3380

1

ފާމަސީ އެސިސްޓެންޓް

އެސް. ޓީ. އޯ ހދ. ހަނިމާދޫ ފާމަސީ

4350

1

ފާމަސިސްޓް

އެސް. ޓީ. އޯ ށ. ފުނަދޫ ފާމަސީ

4350

1

ފާމަސިސްޓް

އެސް. ޓީ. އޯ ށ. ނަރުދޫ ފާމަސީ

3380

1

ފާމަސީ އެސިސްޓެންޓް

އެސް. ޓީ. އޯ ށ. ފޯކަައިދޫ ފާމަސީ

4350

1

ފާމަސިސްޓް

އެސް. ޓީ. އޯ ރ. ރަސްމާދޫ ފާމަސީ

3380

1

ފާމަސީ އެސިސްޓެންޓް

1. ފާމަސިސްޓް

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމަރުންނަށް ތަނުން ލިބެންހުންނަ ޚިދުމަތް ފޯރުކޮށްދިނުން.

* ބޭސް ދޫކުރުން.

* ހަރުތަކުގައި ބޭސް އެތުރުން.

* ކޮންޓްރޯލް ޑްރަގްސް ރިޕޯޓް ތައްޔާރުކުރުން.

* މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް، ރިޕޯޓް ތައްޔާރުކުރުން.

ތަޢުލީމީ ތަޖުރިބާ:

 * އެޑްވާންސްޑް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާއިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން.

2. ފާމަސީ އެސިސްޓެންޓް

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމަރުންނަށް ތަނުން ލިބެންހުންނަ ޚިދުމަތް ފޯރުކޮށްދިނުން.

* ބިލް ހެދުން.

* މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް

* ރެކްތަކުގައި ބޭސް އެތުރުން.

* ކްރެޑިޓް ބިލް ޗެކްކުރުން.

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން.

ތަޢުލީމީ ތަޖުރިބާ:

 ޖީ. ސީ. އީ. އޯލެވެލް ފުރިހަމަކޮށްފައިވުން.

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00 ރުފިޔާއާއި 2450.00 ރުފިޔާއާ ދެމެދުގެ އަދަދެއް ،ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަޖައްސައިދެވޭނެ.

* އިތުރުގަޑީގައްޔާއި، ރަސް މީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* މަތީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* ޕެންޝަން

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 5 ވަނަ ދުވަހުގެ 12:30 ގެ ކުރިން. އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސް. ޓީ. އޯ. ގެ http://www.stomaldives.com/downloads ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމުތަކަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344179/3344368

ފެކްސް: 3344041

އީމެއިލް އެޑްރެސް: [email protected]

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ