މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެނިއުމަރޭޓާރސް (ސުވާލުދާރުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

އެނިއުމަރޭޓާރސް (ސުވާލުދާރުން)

މުސާރައާއި

ދުވާލަކަށް -/300 ރުފިޔާ

ޢިނާޔަތްތައް

މަސައްކަތުގެގޮތުން ދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ، އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  16/2015

ބޭނުންވާ އަދަދު

ޖުމުލަ 100 ސުވަލުދާރުން. އަންހެން 50 ސުވާލުދާރުން/ ފިރިހެން 50 ސުވާލުދާރުން

ބޭނުންވާ މުއްދަތު

ސަރވޭގެ ޓްރޭނިންގ ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން (4 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަށް)

މަޤާމުގެ ޝަރުޠު

1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އެސް. އެސް. އީ އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަވިއު ކުރުމުގައި ބެލޭނެ ކަންތައްތައް

  1. އެކި މިޒާޖުގެ މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން.
  2. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުމުގެ ހުނަރު.
  3. އިސްނަގައިގެން މަސައްކަތްކުރުމުގެ ހުނަރު.
  4. އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
  5. ސުޕަވައިޒަރު ދޭ އިރުޝާދުގެދަށުން މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން.
  6. ބައިވެރިވެފައިވާ ސަރވޭތަކުގެ ތަޖުރިބާ.
  7. ގިނަ ދުވަސްވަންދެން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގައި ފީލްޑް މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުން ސަރވޭކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް. އެ ގޭގައި ދިރިއުޅޭ ސަރވޭކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް، ކަނޑައެޅިފައިވާ އުޞޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ. 

މައިގަނޑު މަސައްކަތްތައް.

  1. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައި ބޭނުންކުރާ ގޭބިސީތަކުގެ ލިސްޓާއި ސާމްޕަލްގައިވާ ގޮތުގެމަތިން ސަރވޭ ކުރަންޖެހޭ ގޭބިސީތައް ފާހަގަކޮށް، އެ ގޭބިސީތަކުގެ ސުވާލުތައް ފުރިހަމަކުރުން.
  2. ސާރވޭގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ސުވާލުކަރުދާސްތައް ފުރިހަމަކުރުން.
  3. ސާރވޭގައި ބައިވެރިވާ މީހުންނާ، ސުވާލު ކަރުދާހުގައި ކަނޑައެޅިފައިވާގޮތުގެމަތިން ސުވާލުކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަކުރެވިފައިވޭތޯ ބަލައި ޗެކްކުރުމާއި، އެކަމާބެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.
  4. ސަރވޭ ފީލްޑުގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކު ވެސް މަސައްކަތްތައް ނިންމަމުންދާވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާ މަޢުލޫމާތު ހިއްސާކުރުން.
  5. ސަރވޭކުރުމުގެ މެނުއަލްގައި، ސަރވޭކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.

ނޯޓު:

ސުވާލުދާރުންނަށް ސަރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭނެގޮތުގެ ފުރިހަމަ މަޢުލޫމާތު، ސަރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސަރވޭގައި މަސައްކަތް ކުރެވޭނީ، މި ތަމްރީނު ނިންމުމަށް ފަހުއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ތަކެތި

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ނޯޓު:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް އީމެއިލުގެ ޒަރީޢާއިން ގަބޫލުކުރެވޭނެއެވެ. ވީމާ، އީމެއިލުގެ ޒަރީޢާއިން ހިއްސާކުރަން ތިރީގައިމިވާ އީމެއިލަށް ފޮނުވުން އެދެމެވެ.

[email protected]

ސުންގަޑި

2015 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3014335 ނަންބަރު ފޯނަށް ނުވަތަ 3014330 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015
ހޯދާ