ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ބަނދަރު ސަރަހައްދުން ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުން

ބީލަންހުށަހެޅުމުގެ ދަޢުވަތު

ގދ. ފިޔޯރީ ބަނދަރު ސަރަހައްދުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 7 ބިން، 10 އަހަރަށް ވުރެ ދިގުނޫން މުއްދަތަށް ކުއްޔަށް ހިފަން ޝައުޤުވެރިކަންހުރި އަމިއްލަ ފަރުދުންނާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބޭރު ކުންފުނިތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.

1- ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 8 ބިމެކެވެ. އެއީ:

  • ޒޯން 1 ގައި ހިމެނޭ 6 ބިން (1500 އަކަފޫޓް )
  • ޒޯން 2 ގައިހިމެނޭ  2 ބިން (1500 އަކަފޫޓް )

2- ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރެވޭ ބިންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގދ. ފިޔޯރީ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިނުމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ބީލަން ފޮތުގައިވާ ގޮތުގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތްތަކާއި މިއިދާރާއާ ދެމެދު ވެވޭ ބިމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

3- ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ބިން ކުއްޔަށް ހިފަން ބޭނުންވެލައްވާ ޒޯން ބީލަން ފޯމުގައި ބަޔާންކުރަންވާނެއެވެ. ކޮންމެ ފަރާތަކުންވެސް ޒޯނަކުން 1(އެކެއް)ބިމަށްވުރެ ގިނަ ބިމަށް އެދެވިދާނެވެ.

4- ބީލަން ހުށަހެޅުމާ ބެހޭ ލިޔުންތައް ހިމެނޭ މަޢުލުމާތު ފޮތް 2015/11/01 ވާ އާދީއްތަ ދުވަހުން ފެށިގެން2015/11/12 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 9.00 ން 1.30 ގެ ނިޔަލަށް ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 300.00ރ. ( ތިންސަތޭކަ ) ރުފިޔާ އެވެ.

5- އެއްފަރާތަކަށް ކިތަންމެ ގިނަ ފަރާތްތަކެއްގެ ނަމުގައި ވެސް މައުލޫމާތު ފޮތް ގަނެވިދާނެއެވެ. ނަމަވެސް ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ފޮތް ނެންގެވުމުގައި ބީލަން ހުށަހަޅުއްވާ ފަރާތްކަމަށް ބަޔާންކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ. އަދި މިގޮތަށް މަޢުލުމާތު ފޮތް ގެންދަވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވާފަރާތުގެ އިތުރުން މަޢުލޫމާތު ފޮތް ގެންދަވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ދެއްވަންވާނެއެވެ. އަދި މައުލޫމާތު ފޮތް ދޫކުރުމުގެ ސުންގަޑިއާ ހަމައަށް ދޫކުރެވިފައިވާ މަޢުލޫމާތު ފޮތް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމަށް އެދި ބީލަން ހުށަހަޅަން ބަޔާންކޮށްފައިވާ ފަރާތުން ލިޔުމަކުން ހުށަހެޅިދާނެއެވެ. މިގޮތަށް އެދިލެއްވުމުން އެކަން މިއިދާރާއިން ޤަބޫލުކޮށް އެދިލައްވާފައިވާ ފަރާތުގެ ނަމަށް މައުލޫމާތު ފޮތް ބަދަލުކުރުމަށްފަހު، ކުރިން ބީލަން ހުށަހަޅަން ނިންމާފައިވާ ފަރާތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.  

6- ބީލަން ތައްޔާރުކުރުމާއި، ބީލަން ހުށަހެޅުއްވުމާބެހޭ މަޢުލޫމާތު ބީލަމާބެހޭ މަޢުލޫމާތު ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

7- ބީލަން ހުށަހަޅުއްވާނީ 2015/11/18 ވާ ބުދަ ދުވަހުގެ 1.00ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއަށެވެ. 2015/11/18 ވާ ބުދަ ދުވަހުގެ 1.00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

8- ބީލަން ހުޅުވުން އޮންނާނީ 2015/11/18 ވާ ބުދަ ދުވަހުގެ 1.00 ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ބީލަން ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

9- މި ބީލަމާ ގުޅިގެން މިއިދާރާއިން އިތުރު މަޢުލޫމާތެއް ނުވަތަ ބީލަމާބެހޭ މަޢުލޫމާތު ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް އުނި އިތުރެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، އެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރާނެއެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ