ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މުސާރައާއި އެލަވަންސް

މަހަކު -/8000 ރުފިޔާ

މަޤާމުގެ ރޭންކް

AS 7

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް އެންޑް ރެވެނިއު/އެކައުންޓްސް

މަޤާމުގެ ޝަރުތު:

ޖީ. ސީ. އީ. އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން  ނުވަތަ  ޖީ. ސީ. އީ. އޭ  ލެވެލް  އިމްތިޙާނުން  2 (ދޭއް)  މާއްދާއިން  ފާސްވުމާއެކު، ދާއިރާއިން  4  (ހަތަރެއް)  އަހަރު  ދުވަހުގެ  ތަޖުރިބާ  ލިބިފައިވުން  ނުވަތަ  ޖީ. ސީ. އީ.  އޯލެވެލް  އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން  ފާސްވެފައިވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: އޭ. ސީ. ސީ. އޭ. ނުވަތަ ސީމާ ހަދާފައިވާ ފަރާތްތަކަށް ނުވަތަ އެކައުންޓްސް އެންޑް ފައިނޭންސްގެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކުންފުނީގެ އެކައުންޓުންނާއި، ދައުލަތުން ކުންފުންޏަށް ކޮންމެ އަހަރަކު ދެއްވާ ފައިސާއިން ކުރެވޭ ޚަރަދާއި ލިބޭ އާމްދަނީ، ދުވަހުން ދުވަހަށް ބަލައި، ޚަރަދާއި ބާކީ އެނގޭނޭހެން ހިސާބުތައް ލިޔުމުން ޑިޕާޓްމަންޓް ހެޑަށް ކޮންމެ ހަފުތާއެއްގެ އާދީއްތަދުވަހަކު، ނިމުނު ހަފުތާގެ ރިޕޯޓްތައް ހުށަހެޅުން.
  2. ކުންފުންޏަށް ލިބޭ އާމްދަނީއާއި ޚަރަދުގެ ޚުލާޞާ ރިޕޯޓެއް، ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް، އެސިސްޓެންޓް މެނޭޖަރާ ހަވާލުކުރުން.
  3. ކުންފުނިން ދައްކަންޖެހޭ ޖީ. އެސް. ޓީ. ގެ ހިސާބުތައް ތައްޔާރުކޮށް، ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކޮށް، ޤަވާއިދުން ޖީ. އެސް. ޓީ. ދައްކަމުން ގެންދިއުން.
  4. ކުންފުންޏަށް ލިބޭ އާމްދަނީއާއި، ކުންފުނީގެ އެކައުންޓުން ކުރެވޭ ޚަރަދުގެ ތަފްސީލް ރިޕޯޓް ތައްޔާރުކޮށް، ބޭންކް ސްޓޭޓްމަންޓް ރިކޮންސައިލްކޮށް، ރިކޮންސައިލް ރިޕޯޓާއެކު، ޚަރަދާއި އާމްދަނީގެ ރިޕޯޓް، ކޮންމެ މަހެއް ނިމުމުން، ފެށޭ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށްޓަކައި ސެކްރެޓަރީއާ ހަވާލުކުރުން.
  5. ކުންފުނީގެ އެކައުންޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތްކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ނޮވެންބަރު 4 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015
ހޯދާ