ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
50 ފޫޓުގެ އުސް އެންޓަނާއެއް ހަދައި ބެހެއްޓުމުގެ މަސައްކަތް ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދުން

ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި 50 ފޫޓުގެ އުސް އެންޓަނާއެއް ހަދައި، ބެހެއްޓުމުގެ މަސައްކަތް، މި އިދާރާއިން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015
ހޯދާ