ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސަރުކާރުގެ އެހީގައި މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ފަރާތްތަކުން ސަރުކާރަށް އަނބުރާ ދައްކަވަންޖެހޭ ފައިސާ ދެއްކުމާބެހޭ

ސަރުކާރުގެ އެހީގައި މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ފަރާތްތަކުން ސަރުކާރަށް އަނބުރާ ދައްކަވަންޖެހޭ ފައިސާ ދެއްކުމާބެހޭ

ތަޢުލީމާއި ތަމްރީނު ދިނުމުގެ ޤައުމީ މަޝްރޫޢާއި މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް އެހީވެދޭ ޤައުމީ ފަންޑާއި އަދި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވިގެން، މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށްފަހު، ކޯހަށް ހިނގި ޚަރަދު ނުވަތަ ޚަރަދުގެ ބައެއް، ސަރުކާރަށް އަނބުރާދައްކަންޖެހޭ ބައެއް ފަރާތްތަކުން އެކި ސަބަބުތަކަށްޓަކައި އެ ފައިސާ ދައްކަވަމުން ނުގެންދަވާކަން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނަށް ފާހަގަކުރެވިފައިވެއެވެ. އަދި މީގެތެރެއިން ބައެއް ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާގެ ބައެއް ދެއްކުމަށްފަހު ހުއްޓާލާފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

އަދި ދަންނަވަމެވެ. ފައިސާ ދައްކަންޖެހޭ ބައެއް ފަރާތްތައް މިހާރު ދިރިއުޅުއްވާ ތަނެއް އެނގެން ނެތުމުގެ ސަބަބުން  އެފަރާތްތަކާ ގުޅަން މަސައްކަތްކުރެވުނު ނަމަވެސް ވަނީ ނުގުޅިފައެވެ. ވީމާ، މަތީ ތަޢުލީމަށް ސަރުކާރުގެ ބަޖެޓުން ކުރި ޚަރަދު އަނބުރާ ދައްކަވަންޖެހިވަޑައިގަންނަވާ ފަރާތްތަކުން އަވަސް ފުރުޞަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނަށް ރިޕޯޓު ކުރައްވައި، އެއްބަސްވެވިފައިވާ ގޮތުގެ މަތިން، ގަވައިދުން ފައިސާ ދައްކަވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި ކުރިން ޙަވާލުކުރެވިފައިވާ ރީޕޭމަންޓް ޝެޑިއުލް ގެއްލުމުގެ ސަބަބުން ނުވަތަ އެޑްރެސް ބަދަލުވުމާއި އަދި އެހެނިހެން އެކި ސަބަބުތަކާ ހުރެ މި ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފުސީލު ލިބިވަޑައިގެންފައިނުވާ ފަރާތްތަކުން، ފައިސާ ދައްކަންޖެހޭގޮތުގެ ތަފުސީލު ހޯއްދެވުމަށް މިޑިޕާޓަށް ވަޑައިގެންނެވުމުން އެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ. އަދި ވަޑައިގެންނެވެން ނެތް ފަރާތްތަކުން މި ޑިޕާޓްމަންޓްގެ ރަސްމީ އީމެއިލް [email protected] ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުމުން ނުވަތަ މި ޑިޕާޓްމަންޓުގެ ނަންބަރު 3341330 ނުވަތަ 3341332 ނުވަތަ 3341323  ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

25 އޮކްޓޫބަރު 2015
ހޯދާ