މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އިންޓީރިއަރ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

މިކުންފުނީގެ އޮފީހުގެ އިންޓީރިއަރ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 2:30 އާ ދެމެދު މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށްފަހު މަސައްކަތާބެހޭ މަޢުލޫމާތު ފޯމު ގެންދެވުމަށްފަހު، 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކުރިން ގ.ފަތުރުވެހި 1 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން އެކަމުގެ އަގު އެކުލެވޭ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުގެ ހާޒިރުގައި، އެދުވަހު މެންދުރު 12:05 ގައެވެ. މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ދުވަހު ނަންނޯޓު ކުރެއްވުމަށްފަހު މަސައްކަތާބެހޭ މަޢުލޫމާތު ފޯމު ގެންދަވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

26 އޮކްޓޫބަރު 2015
ހޯދާ