ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްވާންސްޑް ސެޓްފިކެޓް އިން ކައުންސެލިންގ

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 1 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

އެޑްވާންސްޑް ސެޓްފިކެޓް އިން ކައުންސެލިންގ

 

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)  

ޖާގަ: 15

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. އަދި

2. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއުއަކުން ފާސްވުން. އަދި

3. ޕާރސަނަލް ސްޓޭޓްމަންޓް (މި ދާއިރާއިން ކުރެވިފައިވާ ތަޖުރިބާއާއި މިކަމަށް ހުންނަ ޝައުޤު ފަދަ ކަންކަން ބަޔާންކުރާ ޝަޚުޞީ ބަޔާން) އާއި، ކޯހަށް ކުރިމަތިލާ ފަރާތާބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ ދެ ފަރާތަކުން ރެފަރެންސް (ތަޖުރިބާއާ ފެންވަރުގެ ގޮތުން ޤާބިލުކަން ބަޔާން ކޮށްދޭ) ސިޓީ ހުށަހެޅުން.

ނޯޓު: މި ކޯހަށް ކުރިމަތިލާ ފަރާތްތައް ޕޮލިސް ކްލިއަރެންސް ރިޕޯޓެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

25 އޮކްޓޫބަރު 2015
ހޯދާ