މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ފާޚާނާގެ ފާޚާނާ ބްލޮކެއް ހަދަން

އަންދާސީހިސާބު ބޭނުންވެއްޖެ:

އަންނަ އަހަރު މި ސްކޫލަށް ޕްރީސްކޫލް ކުދިން ބަދަލުވާތީ އެކުދިން ބޭނުންކުރުމަށް 2 ފާޚާނާގެ ފާޚާނާ ބްލޮކެއް ހަދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން 4 ނޮވެންބަރު 2015ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި، މި ސްކޫލުގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭނީ 8 ނޮވެންބަރު 2015ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށް މި ސްކޫލަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

26 އޮކްޓޫބަރު 2015
ހޯދާ