ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ޕްލޭގްރައުންޑެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްލޭގްރައުންޑުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުން

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ޕްލޭގްރައުންޑެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް (4 އޮކްޓޫބަރު 2015) ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު: GS-119/2015/15 ގެ އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމަށްފެންނާތީ އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ޕްލޭގްރައުންޑެއް ހެދުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން:
    • 2 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.
  • އަންދާސީހިސާބު ހުށަހެޅުން:
    • 5 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.
  • އެސްޓިމޭޓް އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

70

2

މަސައްކަތުގެ މުއްދަތަށް

10

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

10

4

މަސައްކަތުގެ ތަޖުރިބާއަށް

10

 

ޖުމްލަ: (ސަތޭކަ)

100

އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއްގުރޫޕަކުން ނުވަތަ އެއްކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ.ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބުގެ މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބުގެ މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި މިމަދަރުސާގެ ނަންބަރު 6560576 ފޯނަށް ގުޅުއްވުން އެދެމެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ