ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފޯރމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ފޯރމަން ގްރޭޑް 1 (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3،500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ސްޓޭޕަލް ފުޑްސްވެއަރ ހައުސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: މަހަކު -/2،000 ރުފިޔާއާއި -/2،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* ގުދަނުން މުދާ ޑިސްޗާޖްކުރާ ވަގުތާއި އަންލޯޑްކުރާ ވަގުތު ބަލައި ޗެކްކުރުން.

* ޑެމޭޖް ގުޑްސް ރީޕެކްކުރާ ވަގުތު ސުޕަވައިޒްކުރުން.

* ގުދަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.

* އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ތަޢުލީމީ ތަޖުރިބާ:

* ގްރޭޑް ދިހައެއް ނިންމާފައިވުން.

* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

* ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މީހުންނާ މުޢާމަލާތްކުރަން އެނގުން.

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން. އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ http://www.stomaldives.com/downloads ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261

ފެކްސް:3344041

ވެބްސައިޓް: www.stomaldives.com

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015
ހޯދާ