ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެ

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ގްރެފިކްސް ޑިޕާޓްމަންޓުގެ ބޭނުންތަކަށް ހޯދާ ''02 ކޮމްޕިއުޓަރ ސިސްޓަމް'' ގަންނަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ގެ ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއްނުގަނެވޭނެއެވެ.

14 މުޙައްރަމް 1437    

27 އޮކްޓޫބަރު 2015
ހޯދާ