ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ފާމަސިސްޓް ގްރޭޑް 1 (1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)
އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: ތަޢުލީމީ ފެންވަރަށް ބަލައި، -/4350 ރުފިޔާއާއި -/5100 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސައިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. އައި. ޖީ. އެމް. އެޗް. ބޭސްފިހާރަ.
އެހެނިހެން ޢިނާޔަތްތައް:
* ފުޑް އެންޑް ހާޑްޝިޕް އެލަވަންސް: -/1500 ރުފިޔާއާއި -/2100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރު އެލަވަންސް: -/528 ރުފިޔާއާއި -/728 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
* އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު:
* ބޭސް ދޫކުރުން.
* ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން.
* ހަރުތަކުގައި ބޭސްޖެހުން.
* މުއްދަތު ހަމަވާ ބޭސްތައް ބަލައި ޗެކްކުރުން.
ތަޢުލީމީ ތަޖުރިބާ:
* އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން.
* ކޮމްޕިއުޓަރ ސްކިލްސް (ވޯޑާއި އެކްސެލް)
އެހެނިހެން ތަޖުރިބާ / ހުނަރު:
* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
* ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.
* އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތުކުރަން އެނގުން.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 4 ގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު، މި ކުންފުނީގެ http://www.sto.mv/downloads ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ނޯޓް:
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344245 ފެކްސް: 3344041 ވެބްސައިޓް: www.sto.mv
14 މުޙައްރަމް 1437