މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

މަޤާމު:  ސީނިއަރ އެކައުންޓްސް އޮފިސަރ                                          ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.  އެސް. 2

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން  

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީގެ އެކައުންޓްތަކުން ކުރާ ޚަރަދުތަކުގެ ވައުޗަރ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ނުވަތަ ފައިސާ ލިބިގަތުމަށް އެދޭ ފަރާތާއެކު އެއްބަސްވެފައިވާ މުއްދަތަށް ޕޯސްޓް ކުރުން، ސިސްޓަމުން ހަދާ ޕަރޗޭސް އޯޑަރ ރިލީޒް ކުރުން، އަދި އެ ޕަރޗޭސް އޯޑަރުން ކުރާ ޚަރަދާއި ބަޖެޓް ކޯޑް އަދި ކޮސްޓް ސެންޓަރ ޗެކްކުރުން.
  • އެސް.އޭ.ޕީ ގައި ބްލޮކް ކޮށްފައިވާ ޑޮކިއުމަންޓްސް ދުވަހުން ދުވަހަށް ޗެކްކޮށް، އެ ޑޮކިއުމަންޓެއް ބްލޮކް ކުރާތާ 3 ދުވަހުގެ ތެރޭގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށްފަހު އަލުން ސިސްޓަމުގައި ޕޯސްޓްކުރެވިފައިވޭތޯ ބަލައި ޔަޤީންކުރުން.
  • މިނިސްޓްރީގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  • ކޮންމެ އަހަރެއްގެ މާލީހިސާބު ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ މުއްދަތަކަށް މާލީހިސާބު ތައްޔާރުކުރުން.
  • ޚަރަދު ހިސާބުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީގެ ސެކްޓަރތަކުން ހުށަހަޅުއްވާ ބަޖެޓް ޕްލޭނިންގ ސެކްޝަނާ ގުޅިގެން އެކުލަވާލުން.
  • އޮފީހަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމުގެ ކުރިން، އެޚަރަދެއް ކުރުމަށް ބޭނުންވާ އެކައުންޓަކުން އެޚިދުމަތެއް ނުވަތަ ތަކެތި ހޯދުމުގެ ފައިސާ ހުރިކަމުގެ ޔަޤީންކަން ދިނުން. އަދި މިނިސްޓްރީގެ އެކައުންޓަކުން ކުރާ ޚަރަދު އަދި ހޯދޭ ޚިދުމަތްތައް ސިސްޓަމުން ބާކީކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރި މިންވަރު.

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

ސިވިލް ސާރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް 
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް އެކްރެޑިޓްކޮށްފައިނުވިނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން ، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. 
އިތުރު މަޢުލޫމާތު: 

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 

19 އޮކްޓޫބަރު 2015
ހޯދާ