މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓާރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2015 ވަނަ އަހަރުގެ އިންޓާރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މި ކޯޕަރޭޝަންގެ 2015 ވަނަ އަހަރުގެ އިންޓާރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންގެ (އިޢުލާން: O)/MHCL/CP/2015/21) މަޢުލޫމާތު ދެވިފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު، މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަންގެ 2015 ގެ އިންޓާރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 1 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ