ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައި. ޓީ. އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:                      

މަޤާމު: އައި. ޓީ އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާއާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ސެކްޝަން: އައި. ޓީ. ސަރވިސަސް

މަޤާމުގެ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.

3. މަސައްކަތުގެ މާޙައުލުގައި ދަތުރުފަތުރުކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ ވެބްސައިޓްގެ މެއިންޓެނަންސް މަސައްކަތްކުރުން.
  2. އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް މެއިންޓަނަންސްކުރުމާއި ސެކިއުރިޓީ ބެލެހެއްޓުން.
  3. އޮފީހުގެ މަސައްކަތްތައް އޮޓޮމޭޓްކުރުމަށް ބޭނުންވާ ސޮފްޓްވެއަރތަކާއި އާލާތްތައް ހޯދައި ޤާއިމުކޮށް ބެލެހެއްޓުން.
  4. ކޮމްޕިއުޓަރތަކުގެ ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި ސޮފްޓްވެއަރ ބޭނުންކުރާނެގޮތްތައް އަންގައިދީ މުވައްޒަފުން ތަމްރީންކުރުން.
  5. އައު ސޮފްޓްވެއަރ ޑިވެލޮޕްކުރުމާއި، ޤާއިމުކުރުމާއި، އަޕްގްރޭޑްކުރުމާއި، ހަރުދަނާކުރުމުގެ ކަންތައްތައް ކޮށް ބެލެހެއްޓުން.
  6. ކޮމްޕިއުޓަރ ސިސްޓަމްތައް މަސައްކަތްކުރެވޭ ފެންވަރުގައި އަބަދުވެސް ބެހެއްޓުމާއި، ކޮމްޕިއުޓަރ ސިސްޓަމްތަކުގެ އެންޓިވައިރަސް އަޕްޑޭޓްކޮށް ބެލެހެއްޓުން.      
  7. މުވައްޒަފުންނަށް އީމެއިލް އެކައުންޓް ހެދުމާއި، މިކަމާގުޅޭ އެންމެހައި ކަންތައް ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކޯޕަރޭޝަނުގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސާއި، ފުޑް އެލަވަންސް، ކޯޕަރޭޝަނުގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2015 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅާ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޓީ. ސީ. އެލް. ގެ މައި އޮފީހުން ލިބެން ހުންނާނެ)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

7 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ