މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓީޗަރުން ހޯދުމަށް

ޓީޗަރުން ހޯދުމަށް ބޭނުންވެއްޖެ

ސަރުކާރު ސްކޫލްތަކަށް 2016 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

(1) ރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލްތަކަށް 2016 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ, މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ފުރިހަމަވާ ހުރިހައި ފަރާތްތަކަށް ހުޅުވާލަމެވެ.

(2) ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓްކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ 27 އޮކްޓޫބަރު 2015 އިން 09 ނޮވެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 12:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) އިންނެވެ.

(3) ޕްރީ ބިޑް މީޓިންގ އޮންނާނީ 10 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:00 ގައި (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) މީޓިންގރޫމް 01 ގައެވެ.

(4) ބީލަން ހުޅުވުން އޮންނާނީ 15 ނޮވެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) މީޓިންގރޫމް 01 ގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

08 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ