ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:                      

މަޤާމު: އޮފީސް އެސިސްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާއާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ސެކްޝަން/ ޑިޕާޓްމަންޓް: އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

ގްރޭޑް 8 ގެ ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ސިޓީއާއި، ނޯޓާއި، ޗިޓާއި، އެހެނިހެން ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  2. ފޮޅައި ސާފުކުރުމުގައި އެހީތެރިވެދިނުމާއި، އޮފީހުގެ ދޫލައަޅާފައިވާ ތަންތަން ވެކިއުމްކުރުން.
  3. އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުމާއި، އޮފީހުގައި ބޭނުންކުރާ ތަކެއްޗަށް މައްސަލައެއް ދިމާވެގެން އެ އެއްޗެއް މަރާމާތުކުރާ ތަނަކަށް ގެންދިޔުމަށާއި، އެތަކެތި އަނބުރާ އޮފީހަށް ގެނައުން.
  4. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ، އެ މަސައްކަތެއް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކޯޕަރޭޝަނުގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސާއި، ފުޑް އެލަވަންސް، ކޯޕަރޭޝަނުގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2015 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެއަށް ހުށައެޅުން އެދެމެވެ.
އީމެއިލުން ހުށަހަޅާ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޓީ. ސީ. އެލް. ގެ މައި އޮފީހުން ލިބެން ހުންނާނެ)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަވިއު ކުރުން:

މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

7 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ