ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
4 ފާޚާނާ ހަދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގައި 4 ފާޚާނާ ހަދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި ސުކޫލުން ދައްކާ ނަމޫނާ އެއްގޮތަށް 4 ފާޚާނާ ހަދައިދިނުމަށް ޝައުްުވެރިވާ ފަރާތްތަކުން 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް، ސީދާ އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ބަދަލުގައި ހާޒިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބުތައް ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށައެޅި ފަރާތްތަކުގެ ހާޒިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6600017 އާ ގުޅުއްވުން އެދެމެވެ.

07 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ