މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކޭސްޕަރސްކީ އެންޑްޕޮއިންޓް ސެކިޔުރިޓީ ފޮރ ބިޒްނަސް ސޮފްޓްވެއަރ ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް 100 ނޮޑްގެ އެންޓިވައިރަސް (ކޭސްޕަރސްކީ އެންޑްޕޮއިންޓް ސެކިޔުރިޓީ ފޮރ ބިޒްނަސް) ސޮފްޓްވެއަރ ގަންނަން  ބޭނުންވެގެން ކުރި ނަންބަރު (IUL)10-F/1/2015/140 (06 އޮކްޓޫބަރު 2015) އިޢުލާން ގެޒެޓުގައި ޝާއިޢުކުރެވިފައި ވަނީ ސުންގަޑި ހަމަވީ ފަހުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ