މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިސްޓްރިބިއުޝަން ފޮށި ގަތުމާބެހޭ

އިޢުލާން

ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ކޮމްޕްލީޓް ކުރެވިފައިވާ 23 ޑިސްޓްރިބިއުޝަން ފޮށި ހުރާ ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިރަށު ރައްޔިތުންގެ ގޮތުގައި މިކައުންސިލުން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް ފުޅާ ކުރުމުގެ ދެވަނަ ފޭސްގެ މަޝްރޫޢުގެ ދަށުން ކޮމްޕްލީޓް ކުރެވިފައިވާ 23 ޑިސްޓްރިބިއުޝަން ފޮށި ހުރާ ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަސައްކަތް ކޮށްދެއްވަން ބޭނުންވެލައްވާ ފަރާތްތަކަށް 04 ނޮވެންބަރު 2015 ދުވަހުގެ 13:30 ގައި މި އިދާރާގައި މަޢުލޫމާތު ދިނުން އޮންނާނެއެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައެޅޭނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015
ހޯދާ