ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 1 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މާސްޓަރ އޮފް އެޑިޔުކޭޝަން

 

މުއްދަތު:  2 އަހަރު (4 ސިމެސްޓަރ)      

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ޏ.ފުވައްމުލައް، ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

1- ތަޢުލީމީ ޝަރުޠު:

ހ. އެޑިޔުކޭޝަނާ ގުޅުންހުރި ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ

ށ. އެޑިޔުކޭޝަން ނޫން ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައި ވުމާއެކު، އެމް.ކިޔު.އޭ ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ އެޑިޔުކޭޝަން ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަކޮށްފައިވުމާއި، 8 އަހަރުދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަނުގެ ދާއިރާއިން ހޯދާފައިވުމާއި، އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިނުވާނަމަ، ސީ.އޭ.އީ އިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން. ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

19 އޮކްޓޫބަރު 2015
ހޯދާ