މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި ޢިމާރާތުގައިހުރި ރެސްޓޯރަންޓް ބަޔާއި ފިހާރަބައި ކުއްޔަށް ދިނުމާބެހޭ

ރ. އަތޮޅު ކައުންސިލްގެ އަތޮޅުވެހި ޢިމާރާތުގައިހުރި ރެސްޓޯރަންޓް ބަޔާއި ފިހާރަބައި ކުއްޔަށް ދިނުމާބެހޭ

ރ. އަތޮޅު އަތޮޅުވެހި ޢިމާރާތުގައިހުރި ރެސްޓޯރަންޓް ބަޔާއި ފިހާރަބައި ކުއްޔަށްދީގެން ހިންގުމަށް ކައުންސިލުން ނިންމާފައިފައިވާތީ މި ދެބައި ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ ދެބައި ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށެވެ. އަދި މިދެންނެވި ދެބައި ކުއްޔަށް ހިފުމުގެ ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ދެބައި ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއާއި، ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މިދެބައި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އަތޮޅުވެހި ޢިމާރާތުގައި ހުރި ރެސްޓޯރަންޓް ބަޔާއި ފިހާރަބައި ކުއްޔަށް ހިފުމުގެ ޕްރޮޕޯޒަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

07 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ