މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވިއްސާރަކޯޓު ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ވިއްސާރަކޯޓު ސަޕްލައިކުރުން

މި ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޓީޝާޓް އަދި ވިއްސާރަކޯޓު ގަންނަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2015/21ފ(20 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން ވިއްސާރަކޯޓަށް ލިބިފައިވާ ސާންޕަލްތަކުގެ ކޮލިޓީ ދަށްވެފައި އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  • 2000 ވިއްސާރަކޯޓު

ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 27 އޮކްޓޫބަރު 2015 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ނޮވެންބަރު 2015 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 9603320657+ ، 9609911606+

ފެކްސް ނަންބަރު: 9603317133+

06 މުޙައްރަމް 1437 

19 އޮކްޓޫބަރު 2015
ހޯދާ