ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
40 ސީލިންގ ފަންކާ ގަތުމަށް

މިމަދަރުސާގެ ކުލާސްރޫމްތަކަށް 40 ސީލިންގފަންކާ ގަތުމަށް ބޭނުންވެއްޖެ

މިމަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސީލިންގފަންކާ ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، ސީލިންގފަންކާ ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 12:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސްކޫލުގެ ނަންބަރު 7890786 ނުވަތަ 7960786 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

19 އޮކްޓޫބަރު 2015
ހޯދާ