ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ލިޔުން ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގައި ބޭނުންކުރަމުންދާ 3 ލީފްލެޓާއި ކޯޓުގެ "މިޝަން" އާއި "ވިޝަން" ދިވެހިބަހުން އިނގިރޭސިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި، މި ކޯޓުގެ ނަންބަރު: IUL)147/1/2015/12) އިޢުލާނު، ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވުމަށް އިޢުލާނުގައި ކަނޑައަޅާފައިވާ ތާރީޚުގެ ފަހުންކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ. 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 އަށް ޖުވެނައިލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:30 އަށް ޖުވެނައިލް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނާނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

06 މުޙައްރަމް 1437

19 އޮކްޓޫބަރު 2015
ހޯދާ