ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސަރޗް އެސިސްޓެންޓް

މަޤާމު:

މަސްޕްލޭން ޕްރޮޖެކްޓްގެ ރިސަރޗް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

ބާވަތް އަދި މުއްދަތު:

1 އަހަރުދުވަސް (ކޮންޓްރެކްޓް މަޤާމެއްގެ ގޮތުގައި)

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ސައިންސް

މަސައްކަތް ކުރަންޖެހޭ ވަގުތު:

މަހަކު 55 ގަޑިއިރު

ވަޒީފާއަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ:

  • ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން
  • މަސްވެރިކަމުގެ ނުވަތަ ގުޅޭ ދާއިރާއަކުން ދިރާސާތައް ކުރުމުގައި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • މި ދިރާސާގައި އެއްކުރެވޭ ޑޭޓާ އެންޓަރކޮށް އެނަލައިޒް ކުރުން
  • މި ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ކޮންމެމަހަކު ރިޕޯޓް ތައްޔާރު ކުރުމާއެކު ރިޕޯޓް ހުށަހެޅުން
  • ޕްރޮޖެކްޓްގެ ތެރޭގައި ކުރަންޖެހޭ ދަތުރުތައް ރޭވުމާއި އިންތިޒާމުތައް ހަމަޖެއްސުން
  • ޕްރޮޖެކްޓާ ގުޅިގެން ކުރަންޖެހޭ އެހެންވެސް އިދާރީ މަސައްކަތްތައް ކުރުން

 

އުޖޫރައާއި ޢިނާޔަތްތައް:

މަހަކު -/5416 (ފަސްހާސް ހަތަރު ސަތޭކަ ސޯޅަ) ރުފިޔާ

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ސިޓީ ފޮނުވާނީ:

26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް (ރަށްދެބައިހިނގުން، މާލެ)

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345460، 3345259 ނަންބަރު ފޯނާއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއެކު ހުށަހަޅަންވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
22 އޮކްޓޫބަރު 2015
ހޯދާ