ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހޯލް ކުލާސްރޫމުތަކަކަށް ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ހޯލް އަމިއްލަ ތަކެތީގައި ކުލާސްރޫމުތަކަކަށް ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ހޯލް އަމިއްލަ ތަކެތީގައި ކުލާސްރޫމުތަކަކަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމައްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

05 މުޙައްރަމް 1437

18 އޮކްޓޫބަރު 2015
ހޯދާ