މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގަސްތައް ހޯދައި ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު

މިމިނިސްޓްރީގެ ބޭނުމަށް ތިރީގައި ތަފުސީލު ދެވިފައިވާ ގަސްތައް ހޯދައި ހދ.ހަނިމާދޫއަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 700 ބަނބުކެޔޮގަސް
  • 1500 އަލަނިރު
  • 700 މުރަނގަގަސް
  • 1500 ދަނޑިއަލުވި ދަނޑި

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށައެޅުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

04 ނޮވެންބަރު 2015 ބުދަ ދުވަހުގެ 12:00 އަށް

27 އޮކްޓޯބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 /3339261 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

19 އޮކްޓޫބަރު 2015
ހޯދާ