މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ގދ. ރަތަފަންދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/183ފ(2015 އޮކްޓޫބަރު 11) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް ގދ. ރަތަފަންދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 10:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ނުވަތަ ގދ. ރަތަފަންދޫ ޞިއްޙީމަރުކަޒު ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 01 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ނުވަތަ ގދ. ރަތަފަންދޫ ޞިއްޙީމަރުކަޒު ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ