ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާތަކުގެ ދެ ބޮޑުދޮރުފަތް ބަދަލުކުރަން

މިމަދަރުސާގެ ދަރިވަރުންގެ ފާޚާނާތަކުގެ ދެ ބޮޑުދޮރުފަތް ބަދަލުކުރަން ބޭނުންވެއްޖެ

މިމަދަރުސާއިން މަޢުލޫމާތާ އެއްގޮތަށް ފާޚާނާތަކުގެ ދެ ބޮޑުދޮރުފަތް ހަދައި ހަރުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 12:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މަދަރުސާގެ ނަންބަރު 7890786 ނުވަތަ 7960786 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

19 އޮކްޓޫބަރު 2015
ހޯދާ