ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާބެހޭ

08 ނޮވެންބަރު 2015 ން 19 ނޮވެންބަރު 2015 އަށް އޮންނަ، 2015 ވަނަ އަހަރުގެ، މިފެކަލްޓީގެ ދެވަނަ ސެމިސްޓަރުގެ އިމްތިޙާނުގައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 05     

އުޖޫރަ ދެވޭގޮތް:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް: -/100ރ (ސަތޭކަ ރުފިޔާ) 

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އެގްޒާމް އޮންނާނީ އާންމުގޮތެއްގައި ހެނދުނާއި ހަވީރު ދަންފަޅީގައެވެ. ކޮންމެ ދަންފަޅިއަށް މަދުވެގެން 3 ގަޑިއިރާ ބައިގެ ވަގުތެއް ހޭދަވާނެއެވެ. ހެނދުނު މަސައްކަތް ފެށޭނީ ހެނދުނު 08:15 ގައެވެ. މެންދުރުފަހު މަސައްކަތް ފެށޭނީ މެންދުރުފަހުގެ 3:15 ގައެވެ.

ކުރަންޖެހޭ މަސައްކަތް.

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް، މިފެކަލްޓީން އަންގާގޮތެއްގެ މަތިން ކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން، އެބޭފުޅެއްގެ ސީވީ/ސެޓުފިކެޓު އަދި އައިޑީކާޑުގެ ކޮޕީއާއެކު 2015 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ފެކަލްޓީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ