ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ. އެސް. 4 (ހަތަރެއް)

މަޤާމުގެ އަސާސީ މުސާރަ:

މަހަކު  -/5020 ރުފިޔާ           

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. އަތޮޅު މަދަރުސާ، ނ. މަނަދޫ              

 

 

 

 

މާޤާމުގެ ޝަރުޠު

- ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސިވިލް ސަރވިސްގެ ގަވައިދުގައިވާގޮތުގެ   ގޮތުގެމަތިން ތިރީގައިމިވާ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވުން.

1. އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ  ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''އީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

 

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ

ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މަނޭޖުމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

1- ބަޖެޓާ ހަވާލުވެހުންނަ ވެރިއެއްގެ އިރުޝާދުގެދަށުން، ކޮންމެ ދުވަހަކު ލިބޭ ފައިސާ، ލިބޭ ފައިސާގެ ދުވަހުފޮތުގައި ޤަވާއިދުން ލިޔެ، ތިޖޫރިފޮތް ފުރިހަމަކޮށް، މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ތިޖޫރީގައި ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2- ފައިސާޔާ ގުޅޭގޮތުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.

3- މުވައްޒަފުންގެ މުސާރަ ޝީޓާއި، އިތުރުގަޑީގެ ރިޕޯޓާއި، ޕޭމަންޓް ވައުޗަރތައް ތައްޔާރުކޮށް، އެމަހެއްގެ 18 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ކޮންމެ މަހެއްގެ ރަސްމީ އެންމެފަހު ދެދުވަހުގެ ތެރޭގައި ނުވަތަ ސްކޫލުން ހަމަޖައްސާފައިވާ ގޮތެއްގެ މަތީން މުވައްޒަފުންނަށް މުސާރަ ދޫކުރުން.

4- ކޮންމެ މަހެއްގެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓާއި، އިތުރުގަޑީގެ ރިޕޯޓާއި، ގަޑިޖެހުނު މީހުންގެ ރިޕޯޓާއި، ހާޒިރުނުވާ މީހުންގެ ރިޕޯޓް ތައްޔާރުކުރުން.

5- ބޭންކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމާއި، ބޭންކުން ނަގަންޖެހޭ ފައިސާ ނެގުން.

6- އާމްދަނީ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.

7- ފައިސާ ދެއްކުމަށްޓަކައި ފޮނުވާ ބިލްތަކަށް ފައިސާ ދެއްކުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުން ފުރިހަމަކުރުމާއި، މަހުންމަހަށް އެ ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް ރާވައި ކުރިއަށްގެންދިއުން.

8- ސްކޫލަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތީގެ ސްޓޮކް ބަލަހައްޓައި، ތަކެތި ހުސްވުމުގެ ކުރިން، ބަޖެޓާ ހަވާލުވެ ހުންނެވި ވެރިއެއްގެ އިރުޝާދުގެދަށުން ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ތަކެތި  ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ސްކޫލަށް ތަކެތި ގެނައުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މިގޮތަށް ގެނެވޭ ތަކެތީގެ ފައިސާ ޤަވާއިދާ އެއްގޮތަށް ހަވާލުކުރުން.

9- ފައިސާއާ ގުޅޭ ލިޔެކިޔުންތަކުގެ ތެރެއިން ލިޔެ ބެލެހެއްޓުމަށް ހަވާލުކުރެވޭ ލިޔުންތައް ލިޔެ ބެލެހެއްޓުމާއި، ތިޖޫރީ ބާކީއާއި ބަޖެޓްބާކީ ފޮތްތައް ޤަވާއިދާ އެއްގޮތަށް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

10- ސްކޫލަށް އެކިގޮތްގޮތުން ވަންނަ ފައިސާ، ކަނޑައެޅިފައިވާ ޤަވާއިދުތަކާ އެއްގޮތަށް  ބަލައިގަތުމާއި، ފައިސާގެ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޫލުން ފޮނުވާ އެކިއެކި ފައިސާގެ ލިޔެކިޔުންތައް ފައިލްކޮށް، ފައިލިންގ ސިސްޓަމް ޤަވާއިދުން ބެލެހެއްޓުން.

11- ސްކޫލުގައި ބޭއްވޭ އެކިއެކި މުބާރާތްތަކާއި ޓެސްޓްތަކުގެ ނަތީޖާތަކަށް ބަލައިގެން ދެވޭ ސެޓްފިކެޓްތައް ޑިޒައިންކުރުމާއި ތައްޔާރުކުރުން.

12- ސްކޫލުން ހާޒިރުވުމަށް އަންގާ ބައްދަލުވުންތަކަށް ގަޑިނުޖެހި ބަރާބަރަށް ހާޒިރުވުން.

 

އުޖޫރައާއި ޢިނާޔާތްތައް:

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް.

- ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާގޮތުގެމަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.       

 

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

- މި ވަޒީފާއަށް ޝަރުޠުހަވާ  ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 އޮކްޓޫބަރު 29 ވާ ބުރާސްފަތި  ދުވަހުގެ  14:00 ގެ ކުރިން ނ. އަތޮޅު މަދަރުސާއަށް ހުށަހެޅުން އެދެމެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ގަޑީގައި ނ. އަތޮޅު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.   

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1- ވަޒީފާއަށް އެދޭ ފޯމް.

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށްފައިވާ )

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ.

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން"

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމުގެގޮތުން އިންޓަވިއުކޮށްގެން.

 

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަވާތާ 10 ދުވަހުގެ ތެރޭގައި ނ. އަތޮޅު މަދަރުސާގައި ބޭއްވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓްކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ 10 ފަރާތާއެވެ.  

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560003 ނަންބަރު ފޯނާއެވެ.

6 މުޙައްރަމް 1437

19 އޮކްޓޫބަރު 2015
ހޯދާ