މާވަށު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް މަރާމާތުކުރުމާ ގުޅޭ

މާވަށު ސްކޫލް މަރާމާތުކުރުމާ ގުޅޭ

މާވަށު ސްކޫލުގައި ކުރުމަށްހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ވާ ހޯމަދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ނޮވެންބަރު 2015 ވާ އާދީއްތަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ވަޑައިގެން ދެއްވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

  1. މި ސްކޫލުގެ 5 ކްލާސްރޫމް ޢިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުން.
  2. ދިޔަދޮވި މަރާމާތުކުރުން         

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6800010 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 އޮކްޓޫބަރު 2015
ހޯދާ