ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އޮފިސަރ (ގްރޭޑް 1)

އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: ތަޢުލީމީ ފެންވަރަށް ބަލައިގެން، މަހަކު -/4،350 ރުފިޔާއާއި -/5،100 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސް. ޓީ. އޯ. މެޑިކަލް ސަރވިސް އޮފީސް - މާކެޓިންގ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00 ރުފިޔާއާއި 2100.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* ހެލްތް ކެއަރ ޕްރޮފެޝަނަލްސްއާ ބައްދަލުކޮށް އެސް. ޓީ. އޯ. ގެ ޕްރޮޑަކްޓްސްއާއި ސަރވިސްތައް މާކެޓްކުރުން.

* ބޭސް ސަޕްލައިކުރާ ފަރާތްތަކާއި ރީޓެއިލަރުންނާ މުޢާމަލާތުކުރުން.

ތަޢުލީމާއި ތަޖުރިބާ:

* ޖީސީއީ އޭލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ މާކެޓިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސެޓިފިކެޓް ފުރިހަމަކޮށްފައިވުން.

* އިނގިރޭސިބަހާއި، ދިވެހިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 26 ގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމް، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި، http://www.stomaldives.com/downloads ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245

ފެކްސް: 3344041

އީމެއިލް: [email protected]

6 ޝައްޥާލް 1437

19 އޮކްޓޫބަރު 2015
ހޯދާ