ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ޑްރައިވަރ (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3،830 ރުފިޔާއާއި -/5،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން ވެއަރ ހައުސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/1،900 ރުފިޔާއާއި -/2،900 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

*  އިތުރުގަޑީގައްޔާއި ރަސް މީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމަރުންގެ ސައިޓްތަކަށް މުދާ ޑެލިވަރކުރުން.

* ދުއްވާ ވެހިކަލް ސާފުކޮށް ބެލެހެއްޓުން.

* ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

* "ސީ 0"  ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތުން.

*  ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

* "ޑީ 0" އާއި "އީ"  ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތް، މި ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 26 ވާ ހޯމަދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި، http://www.stomaldives.com/downloads ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިގެން އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344261     

ވެބްސައިޓް: www.stomaldives.com

6 ޝައްޥާލް 1437

19 އޮކްޓޫބަރު 2015
ހޯދާ