ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރ (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3،240 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން މެޓީރިއަލް ވެއަރހައުސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/2،000 ރުފިޔާއާއި -/3،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ.

* އިތުރުގަޑީގައްޔާއި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ޕެންޝަން

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުރަންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* ކޮންސްޓްރަކްޝަން މެޓީރިއަލް ވެއަރ ހައުސްއިން، އެއްތަނުން އަނެއްތަނަން މުދާ ފޯރުކޮށްދިނުން.

* ކަސްޓަމަރުންގެ އޯޑަރަށް މުދާ ފޯރުކޮށްދިނުން.

* ވެހިކަލާއި، ވެއަރ ހައުސް ސާފުކޮށް ބެލެހެއްޓުން.

* ވެއަރ ހައުސްއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ތަޢުލީމީ ތަޖުރިބާ:

* އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހެއްކަމުގައިވުން.

* ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމް، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި، http://www.stomaldives.com/downloads ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ނޯޓް:

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިިގެން އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261

ވެބްސައިޓް: www.stomaldives.com                                                                                                             

6 ޝައްޥާލް 1437

19 އޮކްޓޫބަރު 2015
ހޯދާ