މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލް އަދި ތަޖުރިބާހުރި މި ކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލް، އުފެެއްދުންތެރި، ހީވާގި، ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: ސީނިއަރ ސޭފްޓީ އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ އެއިރޯޑްރޯމް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޜަން

މަޤާމުގެ ޝަރުޠު:

- މި ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.

- އެޑްމިނިސްޓްރޭޓިވް ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ނުވަތަ އޭވިއޭޝަން ދާއިރާގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/13،000 ރުފިޔާއާއި -/14،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެއަރޕޯޓް އޮޕަރޭޝަނާ ގުޅޭގޮތުން ސޭޕްޓީ މިންގަނޑުތަކަށް ހުންނަންޖެހޭ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، އެކަންތައްތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި، މި ދާއިރާގެ އެންމެހައި ކަންތައްތައް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި މިންގަޑުތަކާ އެއްގޮތަށް ކުރިއަށްދޭތޯ ބެލުން.
  • ހެދިފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތަށް ކުރިއަށްނުދާ ކަންތައްތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، މިފަދަ ކަންތައްތައް ސެކްޝަން ހެޑަށް ރިޕޯޓްކުރުން.
  • ސިވިލް އޭވިއޭޝަނާއި މި ދާއިރާއާ ގުޅުންހުރި އިދާރާތަކުން ހަދާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދޭތޯ ބެލުމަށް ކުރާ ޢާންމު އޮޑިޓަށް އެހީތެރިވުން.
  • އެމީހެއްގެ ޒިންމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މޮނިޓަރކުރުމާއި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެފަރާތަތަކަށް ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމުގައި އެހީތެރިވެދިނުން.

މަޤާމް:  ސްޓޯރ ކީޕަރ

ބޭނުންވާ އަދަދު: 1 (އެކެއް)  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ވީ. އައި. ޕީ ލައުންޖް

މަޤާމުގެ ޝަރުޠު: 

- ގްރޭޑް 10 ނިންމާފައިވުން.

-  ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

އުމުރު:

25 އަހަރާއި 30 އަހަރާ ދެމެދު.

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ލައުންޖަށް ބޭނުންވާ ތަކެތި ހުސްނުވެ ލިބޭނޭގޮތަށް ބެހެއްޓުން.
  • އޯޑަރުކުރި ތަކެތި ލިބުމުން، އެ އެއްޗެހި ހުރީ ސްޕެސިފިކޭޝަނާ އެއްގޮތަށްތޯ ބަލައި ޗެކްކުރުމަށްފަހު ބަލައިގަތުން.
  • ބޭނުންވާ ތަކެތި ސްޓޯރުންނާއި މާލެއިން ގެނައުމަށްފަހު ސްޓޮކަށްލައި، ސްޓޮކް މޮނިޓަރކުރުމާއި، މި ތަކެތި ބޭނުންކުރާ ފަރާތްތަކާ ހަވާލުކުރުމަށް ސްޓޯރ ރޫމަށް ފޮނުވުން.
  • މުދާލާގުޅޭ ހުރިހާ ލިޔެކިޔުންތައް ޖެނެރަލް މެނޭޖަރަށް ހަވާލުކުރުން.

މަޤާމް:  ހައުސްކީޕަރ

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޓަރމިނަލް ސަރވިސަސް

މަޤާމުގެ ޝަރުޠު:

- ގްރޭޑް 7 ގެ ފެންވަރު ހުރުންް / އަސާސީ ތަޢުލީމުގެ ފެންވަރު ހުން.

- ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

އުމުރު:

25 އަހަރާއި 40 އަހަރާ ދެމެދު.

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސުޕަވައިޒަރުންގެ އިރުޝާދާ އެއްގޮތަށް ފަތުރުވެރިންނަށް ސާފުތާހިރު، ހިތްފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުން.
  • މަސައްކަތްކުރުމުގައި އެންމެހައި ސަލާމަތީ ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތްކުރުން.
  • ސުޕަވައިޒަރުންގެ އިރުޝާދާ އެއްގޮތަށް މެޝިންތަކާއި ޓޫލްސް ބޭނުންކުރުމާއި، އެތަކެއްޗައް ރައްކާތެރިވުން.
  • ޓަރމިނަލުގައި ބެހެއްޓިފައިވާ އެންމެހައި ފަރުނީޗަރު ސާފުކޮށް ބެލެހެއްޓުން.
  • ސްޓާފުން ޑިއުޓީއަށް މަދުވާ ޙާލަތްތަކުގައި ސުޕަވައިޒަރަކު އަންގައިފިނަމަ އިތުރުގަޑީގައި ޑިއުޓީ އަދާކުރުން.
  • އިމާރާތުގެ ނުވަތަ ފާޚާނާތަކުގެ އެއްވެސް މެއިންޓަނަންސް މައްސަލައެއް ފާހަގަކުރެވިއްޖެ ހިނދެއްގައި ސުޕަވައިޒަރަށް ރިޕޯޓުކުރުން.
  • އެމަރޖެންސީ ހާދިސާ/ ކާރިސާ، މޫސުން ގޯސްވުން ފަދަ ކަންތައްތައް މެދުވެރިވެގެންއުޅޭ ހިނދެއްގައި ދެވޭ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

- ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ.

- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް.

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު، ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 2015 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 16:00 ގެ ކުރިން.   

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސްކުރާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީއާއި ފޯމް ބަލައެއް ނުގަނެވޭނެއެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ