މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މުޝްރިފް

1. މަޤާމު

މުޝްރިފް

ބޭނުންވާ އަދަދު

02 (އެކެއް)

ރޭންކް

ސީއެސް 12-1

ކްލެސިފިކޭޝަން

ރިލިޖަސް ޕްރޮފެޝަނަލްސް

މުސާރައާއި އިނާޔަތްތައް

މުސާރަ: -/12110 ރ.

ސަރވިސް އެލަވަންސް: -/5640ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

މަޤާމުގެ ޝަރުޠު

 

 

  1. މަޤާމަށް ބޭނުންވާ ދާއިރާއިން ޝަރީޢާ އިސްލާމިއްޔާ، ޝަރީޢާ ވަލްޤާނޫނު، ދިރާސާތުލްއިސްލާމިއްޔާގެ ދާއިރާއިން އިސްލާމީ ޔުނިވަރސިޓީއަކުން ނުވަތަ އިސްލާމިކް ފެކަލްޓީއަކުން ޢަރަބި ނުވަތަ އިނގިރޭސިބަހުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމާއި، ވަޢުޘު ވިދާޅުވުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް، އެރަށްރަށުގެ ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުން.
  2. ރާއްޖޭގެ މިސްކިތްތަކާއި ސްކޫލް މަދަރުސާތަކާއި އެނޫންވެސް އެފަދަ ތަންތަނުގައި ހިންގޭ ދީނީ ޕްރޮގްރާމްތަކުގައި ދޭންޖެހޭ ދީނީ އިރުޝާދާއި މަޢުލޫމާތު ފޯރުކޮށްދިނުން.
  3. ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތު ހިފެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މީޑިޔާ ބޭނުންކޮށްގެން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  4. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކާ ގުޅިގެން ކުރެވޭ ސުވާލުތަކުގެ ޖަވާބު ފޯރުކޮށްދިނުން.
  5. އިސްލާމްދީނާމެދު ކުރެވޭ ކުށްހީތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކުރުން. މިފަދަ ދިރާސާތައް ކުރުމުގައި، އެހެނިހެން އިސްލާމީ ޤައުމުތަކުގައި އެފަދަ ކަންކަން ނިންމާފައި ގޮތްތަކަށް ރިޢާޔަތްކުރުން.
  6. މީޑިޔާގެ ތަފާތު ވަސީލަތްތަކުން އިސްލާމްދީނާ ބެހޭގޮތުން ފަތުރަމުންދާ ދޮގުވާހަކަތައް ދެނެގަނެ އެކަންކަމަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާކުރުން.
  7. އިސްލާމީ ޤައުމުތަކުން ޓެރެރިޒަމް ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށް ރާއްޖޭގައި މިފަދަ ޢަމަލުތައް ހުއްޓުމަށް ކުރެވިދާނެ ކަންކަން ދެނެގަތުން.
  8. ރާއްޖޭގައި ޝާޢިއުކުރުމަށްޓަކައި ލިޔާ ދީނީ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމްދީނާ ޚިލާފުވާފަދަ ވާހަކަތައް ހުރިތޯ ބަލައި އެފަދަ ފޮތްތައް ފާސްކުރުން.
  9. ދީނުގެ މައްސަލައަކާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ނެރެންޖެހޭ ފަތުވާތައް ދެނެގަނެ އެފަތުވާ ނެރުމަށް ބޭނުންވާ ދިރާސާ ކަރުދާސް ތައްޔާރުކޮށް ފިޤްހު އެކަޑަމީއަށް ފޮނުވުން.
  10. ސެމިނަރ މަހާސިންތާ ކޮންފަރެންސްތަކަށް ހުށަހަޅަންޖެހޭ ދިރާސީ ކަރުދާސް ތައްޔާރު ކުރުން
  11. ތަފާތު މަޢުޟޫޢުތަކަށް ލިޔަންޖެހޭ ފޮތާއި ލީފްލެޓާއި ޚުޠުބާ ފަދަ ލިޔުންތައް ލިޔުން.

އިންޓަރވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާން ކުރުން

މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާން ކުރުން، 2015 ނޮވެންބަރު 01 އިން 2015 ނޮވެންބަރު 26 އާ ދެމެދު މާލޭގައި އޮންނާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން www.islamicaffairs.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

 

 

 

 

 

 

ސުންގަޑި

  • 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3020232 ނަންބަރު ފޯނަށް ނުވަތަ 3020210 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 
  • ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

         

 

 

 

 

16 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015
ހޯދާ