މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އަސިކުޑާ ވޯލްޑް ޕްރޮޖެކްޓަށް ބޭނުންވާ ހާޑްވެއަރ ހޯދުން- ފޭސް 3- (2 ވަނަ ޓެންޑަރ)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އަސިކުޑާ ވޯލްޑް ޕްރޮޖެކްޓަށް ބޭނުންވާ ހާޑްވެއަރ ހޯދުން- ފޭސް 3- (2 ވަނަ ޓެންޑަރ)

1. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އަސިކުޑާ ވޯލްޑް ޕްރޮޖެކްޓަށް ބޭނުންވާ ހާޑްވެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2015/299 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް  އަލުން ހުޅުވާލަމެވެ.

2. މި މަސައްކަތްތަކަށް ބީލަން ހުށަހަޅަން ހަމަޖެހިފައިވަނީ 3 ލޮޓަކަށް ބަހައިލައިގެންނެވެ. އަދި މި މަސައްކަތައް ބީލަން ހުށަހަޅާއިރު ވަކި ވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓަކަށްވެސް އަގު ހުށަހެޅިދާނެއެވެ.

ލޮޓު 1- ވާޗުއަރލައިޒޭޝަން ސޮލިއުޝަން

ލޮޓް 2- ސްޓޯރޭޖް ސޮލިޔުޝަން

ލޮޓް 3- ސިސްކޯ ނެޓްވޯކް އިކްއިޕްމެންޓްސް

3. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 އޮކްޓޫބަރު 2015 އިން 25 އޮކްޓޫބަރު 2015 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/30,000 ރ (ތިރީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

6. މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއްވާނަމަ 2015 އޮކްޓޫބަރު 26 ހޯމަ ދުވަހުގެ 1300ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2015 ނޮވެންބަރު 02 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3349102 ، 3349106

ފެކްސް: 3320706 ، 3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

13 އޮކްޓޫބަރު 2015
ހޯދާ