އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންްޓް އޮޑިޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންްޓް އޮޑިޓަރ (ގްރޭޑް 1)

މަޤާމު

1 (އެކެއް)

ބޭނުންވާ އަދަދު

އޮޑިޓަރ ޖެނެރަލްގެ އޮފީސް

މަސައްކަތް ކުރަންޖެހޭ ތަން

އޮޑިޓް

ޔުނިޓް

މަހަކު -/4،000 ރުފިޔާ (ހަތަރުހާސް ރުފިޔާ)

މުސާރަ

1. ސަރވިސް އެލަވަންސް:   ދުވާލަކަށް 163/33 (ސަތޭކަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)

2. ޕްރޮފެޝަނަލް އެލަވަންސް:  އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާސިލުކޮށްފައިވާނަމަ، -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ

                    ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލުކޮށްފައިވާނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ

3. ލިވިންގ އެލަވަންސް:     -/1،500  (އެއްހާސް ފަސްސަތޭކަ ރުފިޔާ)

4. އޮޑިޓް އެލަވަންސް:      -/2،000  (ދެހާސް ރުފިޔާ)

ޢިނާޔަތް

1. ޑިޕްލޮމާ (އެމް. އެން. ކިއު. އެފް. ލެވެލް 5) ހާސިލްކޮށްފައިވުން. ނުވަތަ؛

2. ސީ. އޭ. ޓީ. ލެވެލް ސީ ފުރިހަމަކޮށްފައިވުން. ނުވަތަ؛

3. އޭ. ސީ. ސީ. އޭ. ޕާޓް 1 ފުރިހަމަކޮށްފައިވުން.

4. އަދި މީގެ އިތުރުން، އިންޓަރވިއުގައި މި މަސައްކަތަށް ޤާބިލްމީހެއްކަން ސާބިތުކޮށްދިނުން.

(ނޯޓް: އޮޑިޓިންގ، އެކައުންޓިންގ، މެނޭޖްމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ސައިންސް، ލޯ، ޕަބްލިކް ޕޮލިސީ، މެތަމެޓިކްސް، ސިވިލް އިންޖިނިއަރިންގ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ، މި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވެނޭއެވެ.)

އަސާސީ ޝަރުޠު

1. މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.

2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއްކަމުގައި ނުވުން.

3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކުކަމުގައި ނުވުން.

4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއްކަމުގައި ނުވުން.

5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކުކަމުގައި ނުވުން.

އެހެނިއެހެން ޝަރުޠު

1. އޯޑިޓް ވާރކްޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުން.

2. ވާރކްޕްލޭނާ އެއްގޮތަށް ފީލްޑް އޯޑިޓް އަދި ޑެސްކް އޯޑިޓުގެ މަސައްކަތްތައް ކުރުން.

3. އޮޑިޓް ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

މައިގަނޑު މަސްއޫލިއްޔަތުތައް

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ލިޔުންތައް

1. މި މަޤާމުގެ އިންޓަވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން، އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

2. އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަނުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު

- 2015 އޮކްޓޫބަރު 26 ވާ ހޯމަދުވަހު މެންދުރުފަހު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގުގެ 1 ވަނަ ފަންގިފިލާ).

- އީމެއިލް ކުރާނަމަ: [email protected]

އީމެއިލް ލިބުނުކަމުގެ ރިސިޕްޓް ފޮނުވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

- ފޯނު ނަންބަރު: 3348200 

- ފެކްސް ނަންބަރު: 3316430

- އީމެއިލް އެޑްރެސް: [email protected]

 

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ