ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ

އިޢުލާން

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރަރ (ގްރޭޑް 1)

އަދަދު: 1 (އެކެއް)

މުސާރަ: 3240.00 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން:  އެޑްމިނިސްޓްރޭޝަން / އެސް. ޓީ. އޯ. ހެޑް އޮފީސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް:  1350.00 ރުފިޔާއާއި 2400.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

*  ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

* ހެޑް އޮފީސް ބިލްޑިންގ ފޮޅައި ސާފުކުރުން.

* އޮފީސް ތެރޭގައި ލިޔެކިއުންތައް އެކިއެކި ފަރާތްތަކަށް ބެހުން.

* މަރާމާތާއި، އެހެނިހެން މެއިންޓަނަންސް ކަންތަކުގައި އެހީތެރިވުން.

ތަޢުލީމާއި ތަޖްުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސިބަހާއި ދިވެހިބަހުން ހުންނަ ލިޔުންތައް ލިޔަން ކިޔަން އެނގުން.

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2015 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމް، އެސް. ޓީ. އޯ. ގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސް. ޓީ. އޯ. ގެ http://www.stomaldives.com/downloads ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިިގެން، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސް. ޓީ. އޯ. ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު

ފޯން: 33344333، 3344273

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ