މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ލ. އަތޮޅު ފޮނަދޫގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީން ދޭ ބީ.އޯ.ކިއު އާ އެއްގޮތަށް ލ. އަތޮޅު ފޮނަދޫގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2 މުޙައްރަމް 1437

15 އޮކްޓޫބަރު 2015
ހޯދާ