ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކިނބިދޫ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް ކުރަންހުރުމާއެކު، އެމަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކުރަންހުރި ބައެއް މަރާމާތުތައް

  1. ޢިމާރާތުގައި ކުލައާއި ދަވާދުލުން
  2. ބައެއް ތަންތަން ތަޅައި، ޕާޓިޝަން ޖެހުން
  3. ޢިމާރާތުގެ އެތެރޭގެ ފާރުތަކުގައި ތަޅުމުން ފެށިގެން '4 އަށް ތަށިމުށި ޖެހުން

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 22 އޮކްޓޫބަރު 2015 ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ އެންމެންގެ ހާޒިރުގައި 27 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވަންވާނީ ބަދަލުގައި ފޮނުވާ މީހެއްކަން އެނގޭނެ ސިޓީއަކާއެކުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޛުލްޙިއްޖާ 1436

07 އޮކްޓޫބަރު 2015
ހޯދާ