ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް، އެސްޓީއޯގެ ލޮރީއާއި ޑްރައިވަރ ބޭނުންކޮށްގެން ހއ. ހޯރަފުށީގައި ޑެލިވަރީ ކޮށްދޭނެ އަދި އަމިއްލަ ވެހިކަލާއި މީހުން ބޭނުންކޮށްގެން މުދާ ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް އެސްޓީއޯގެ ލޮރީއާއި ޑްރައިވަރ ބޭނުންކޮށްގެން ހއ. ހޯރަފުށީގައި ޑެލިވަރީ ކޮށްދޭނެ އަދި އަމިއްލަ ވެހިކަލް އަދި މީހުން ބޭނުންކޮށްގެން މުދާ ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ADM/2015/315-ފ60 ބާޠިލުކޮށް، އަލުން ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:         އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް އެސްޓީއޯގެ ލޮރީއާއި ޑްރައިވަރ ބޭނުންކޮށްގެން ހއ. ހޯރަފުށީގައި ޑެލިވަރީ ކޮށްދޭނެ އަދި އަމިއްލަ ވެހިކަލް އަދި މީހުން ބޭނުންކޮށްގެން މުދާ ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތްކޮށް

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:     ރަޖިސްޓަރީކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ހޯރަފުށި ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2015 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 15:00 ގައި އެސްޓީއޯ ހޯރަފުށި ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އޮކްޓޫބަރު 28 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށްް 2015 ނޮވެންބަރު 02 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ނޮވެންބަރު 08 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހޯރަފުށި ފިހާރައިގައެވެ.

މަޢުުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:    224 3012 ، 3344180

ފެކްސް:  3344633

އީމެއިލް: [email protected]

15 އޮކްޓޫބަރު 2015
ހޯދާ