ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ފައިބަރ ސްޕްލައިސަރ ކިޓް އަދި އެއާގުޅޭ ބައެއް އާލާތްތައް ގަންނަން ބޭނުންވެއްޖެ

އިޢުލާން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް ފައިބަރ ސްޕްލައިސަރ ކިޓް އަދި އެއާގުޅޭ ބައެއް އާލާތްތައް ގަތުމަށް ކޮށްފައިވާ އިޢުލާން IUL)164/1/2015/98) އަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޫބަރު 2015 ވާ އާދީއްތަދުވަހުގެ 10:30 އަށް، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިމާރާތަށް (64 ނަންބަރު ކޮށި، ކަލާފާނު ހިނގުން) ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް، މި ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމު މިއޮފީހުގެ ވެބްސައިޓް، www.ncit.gov.mv ގައި ޝާއިޢުކޮށްފައިވާނެއެވެ.

02 މުޙައްރަމް 1437

15 އޮކްޓޫބަރު 2015
ހޯދާ