ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ބައެއް ފާޚާނާތައް މަރާމާތު ކުރުމާގުޅޭ

ސުކޫލުގެ ބައެއް ފާޚާނާތައް މަރާމާތު ކުރުމާގުޅޭ؛

މި ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ސުކޫލުގެ ބައެއް ފާޚާނާތައް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި ސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800012 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

11 އޮކްޓޫބަރު 2015
ހޯދާ