މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި އިދާރާއިން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދިނުމަށްޓަކައި ތިރީގައި މިދަންނަވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު (IUL)311/311/2015/16 (31 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިއިރު ބައެއް ކަންކަން ހިމެނިފައިނުވުމުން އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ހޯދަން ބޭނުންވާ ތަކެތި:

  •  1 ޑިޖިޓަލް ކެމެރާ
  •  1 ސިގްނޭޗަރ ކެޕްޗަރ ޑިވައިސް

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިކަމާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 19 އޮކްޓޫބަރު 2015 ވާ ބުދަ ހޯމަ ދުވަހުގެ 13.00 ގައި މި އިދާރާގައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަނެ ކެނޑުން އޮންނާނީ 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13.00 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

29 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ