މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް ހަފުތާއަކު 1 ދުވަހު 1 އަހަރުދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ