މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެންޖީއޯ މެނޭޖްމަންޓް މެނުއަލް (ޕްރެކްޓިކަލް ގައިޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންގެންދާ ޖަމްއިއްޔާތައް ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ކުރިއަށްގެންދިޔުމަށްޓަކައި އެންޖީއޯ މެނޭޖްމަންޓް މެނުއަލް (ޕްރެކްޓިކަލް ގައިޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު: IUL)10-F/1/2015/128)ފ(13 ސެޕްޓެންބަރު 2015) ގެ އިޢުލާނާ ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ